ކެމަރޫންއާއި ސާބިއާ އެއްވަރުވެއްޖެ​

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ކެމަރޫންއާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ޖީގެ މި މެޗު ނިމުނީ 3-3ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކެމަރޫން ޓީމުންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކެމަރޫނަށް ލީޑު ނަގައިދިނީ ޖީން-ޗާލްސް ކަސްޓޭޓޯއެވެ. ނަމަވެސް ސާބިއާއިން ވަނީ ފުރަތަމަ ހާފުގެ ފަހުން ތިން މިނެޓުގެ ތެރޭގައި ދެލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. ސާބިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޓްރަހިންޔާ ޕަވްލޯވިޗްއެވެ. ލީޑު ނަގައިދިނީ މިލިންކޯވިޗް-ސާވިޗްއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނެޓުގައި ސާބިއާއިން އިތުރު ލަނޑެއް ޖެހިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލެކްސެންޑަރ މިޓްރޯވިޗްއެވެ. ނަމަވެސް ކެމަރޫންއިން ވަނީ ކައިރިކައިރީގައި ދެލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ވިންސެންޓް އަބޫބަކުރު ލަނޑެއް ޖަހައި ކެމަރޫނަށް ނަތީޖާ ފަރަގު ކުޑަކޮށްދިންއިރު، ނަތީޖާ ހަމަހަމަކޮށްދިނީ ޗޮޕޫ-މޯޓިންއެވެ.

މި ނަތީޖާއާއެކު މި ދެޓީމަށްވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ތިންވަނާގައި ކެމަރޫން އޮތީ ފައިދާ ގޯލުންނެވެ. ސާބިއާ އޮތީ ތާވަލުގެ ފުލުގައެވެ. އެއްވަނާގައި އޮތް ބްރެޒިލްއާއި ދެވަނާގައި އޮތް ސްވިޒަލެންޑަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ބްރެޒިލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ