ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފާސް ކޮށްފި

ޚަބަރު ފަހުގެ

ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުތަކުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކޮށް، ކުނި މެނޭޖު ކުރުމުގެ ބިލު ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހަށް ހުށަހެޅި މި ބިލު މިއަދުގެ ޖަލްސާގައި ފާސް ކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ. ރާޝިދުގެ މި ބިލު އެންމެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ މޭއި މަހުގެ 18 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ސިންގަލް ޠުސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެއެވެ.

ޕްލާސްޓިކް ކޮތަޅުތަކުން ފީއެއް ނެގުމަށް ނިންމި ނަމަވެސް ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނީގެ ހިތުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެއެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބަދަލުތަކާއެކު ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވާނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަކާއި ހިިލާފުވާ ފަރާތްތަކުން ކުރާ ޖޫރިމަނާ ދައްކަން ޖެހެނީ “މޯލްޑިވްސް ގްރީން ފަންޑް” އަށް ކަމަށް ބުނެ ވެސް ކޮމިޓިން ވަނީ މާއްދާއެއް އިތުރު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ