މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސްވިޒަލެންޑު ބަލިކޮއް ބްރެޒިލް ދެވަނަ ބުރުގެ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ބްރެޒިލް ކަށަވަރުކުރީ ސްވިޒަލެންޑާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން ބްރެޒިލް މޮޅުވީ 1-0ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުން މޮޅުވި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. އޭގެ ކުރިން ވިނީޝިއޫސް ޖޫނިއަރ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ.
މިނަތީޖާއާއެކު ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ހަ ޕޮއިންޓު ހޯދައިގެން ބްރެޒިލް އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. މީގެ ކުރިން ސާބިއާ އާއި ބައްދަލުކުރި މެޗުންވެސް ބްރެޒިލް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި މެޗުން ބަލިވި ސްވިޓްޒަލެންޑު ތިން ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ދެވަނަ މަގާމުގައެވެ. ތިންވަނައިގައި އޮތް ކެމަރޫން އާއި ހަތަރު ވަނައިގައި އޮތް ސާބިއާއަށް ލިބެނީ އެއްޕޮއިންޓެވެ.