ފެނާންޑޭޒްގެ ދެ ލަނޑުން ޕޯޗުގަލް ދެވަނަބުރަށް​

ކުޅިވަރު ފަހުގެ

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އުރުގުއޭ ބަލިކޮށް ޕޯޗުގަލްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލްއިން ގަދަ 16ގެ ޖާގަ ޔަގީންކުރި މެޗު ކާމިޔާބުކުރީ 2-0ންނެވެ. ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޕޯޗުގަލްގެ ދެލަނޑުވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައެވެ. ދެލަނޑުވެސް ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

އިޝްތިހާރު
އިޝްތިހާރު

ބްރޫނޯގެ ފުރަތަމަ ލަނޑަކީ ގޯލުގެ ކުރިމައްޗަށް ހުރަސްވެގެން ކަހަލަ ގޮތަކަށް ގޮސް ގޯލުގެ ތެރެއަށް ވަތް ބޯޅައެކެވެ. މި ބޯޅައިގައި ބޮލުން ޖެހުމަށް ރޮނާލްޑޯ މަސައްކަތްކުރި ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ވަނީ ރޮނާލްޑޯގެ ބޮލުގައި ނުޖެހިއެވެ. ބްރޫނޯގެ ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން މޮޅުވެ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނާގައެވެ. ޕޯޗުގަލްއަކީ މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރި ތިންވަނަ ޓީމެވެ. ދެވަނާގައި އޮތް ގާނާއަށް ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނާގައި އޮތް ސައުތު ކޮރެއާ އާއި ހަތަރުވަނާގައި އޮތް އުރުގުއޭއަށް ލިބެނީ އެއް ޕޮއިންޓެވެ. ސައުތު ކޮރެއާ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ