މެކްސިކޯ އަދި ސައުދީ ކަޓައިފި، އާޖެންޓީނާ އަދި ޕޮލެންޑު ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި މެކްސިކޯ އަތުން ބަލިވެ، ސައުދީ އަރަބިއްޔާ މުބާރާތުން ކެޓިއިރު، އާޖެންޓީނާ އާއި ޕޮލެންޑު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސީގެ މެޗުތައް ނިމުނުއިރު ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރަށް ދަތުރުކުރީ އާޖެންޓީނާއެވެ. އާޖެންޓީނާ އަތުން ޕޮލެންޑު ބަލިވުމާއެކު ޕޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ގްރޫޕްގެ ދެވަނާގައެވެ. އާޖެންޓީނާ ބަލިކޮށްގެން ގްރޫޕްގެ އެއްވަނާގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޕޮލެންޑަށް އޮތެވެ. އަދި މެކްސިކޯ ކައިރިން މޮޅުވެގެން ސައުދީއަށްވެސް ދެވަނަ ބުރުގެ ފުރުސަތު ލިބެން އޮތެވެ.

އިޝްތިހާރު
އިޝްތިހާރު

އާޖެންޓާ އާއި ޕޮލެންޑު ބައްދަލުކުރި މެޗު ނިމުނީ 2-0ން އާޖެންޓީނާ މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޓީމުގެ ތަރި ލިއޮނެލް މެސީ ފޮނުވާލި ބޯޅަ މަތަކުރީ ޕޮލެންޑުގެ ކީޕަރެވެ. ދެވަނަ ހާފުގައި ޕޮލެންޑަށް ލީޑު ނަގައިދިނީ އަލެކްސިސް މެކް ލިސްޓަރއެވެ. ލީޑު ފުޅާކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ.

މި ގްރޫޕްގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރި މެޗު ނިމުނީ 2-1ންނެވެ. ދެވަނަ ހާފު ފެށުނުތަނާ މެކްސިކޯއަށް ލީޑު ނަގައިދިނީ ންރީ މާޓިންއެވެ. އޭގެ ފަހުން ލުއިސް ޝާވޭޒް ވަނީ އިތުރު ލަނޑެއްޖަހާ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. ސައުދީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާލިމް އަލްދައުސާރީއެވެ.

މި ނަތީޖާއާއެެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޕޮލެންޑާއި ތިންވަނާގައި އޮތް މެކްސިކޯއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑަށް ދެވަނަ ބުރުގެ ޖާގަ ލިބުނީ ފައިދާ ގޯލުންނެވެ. ތާވަލުގެ ފުލުގައި ސައުދީ އޮތީ ތިން ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ