ހައިކޯޓުގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅުން ކުރިމަތިލައްވައިފި

ޚަބަރު ފަހުގެ

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފަސް ބޭފުޅުން ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ޖުޑިޝަލް ސާރވިސް ކޮމިޝަނުން ވަނީ ހުޅުވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާއެކު އިއްޔެގެ ނިޔަލަށް ފަސް ފަރާތަކުން އެ މަގާމަށް ކުރިމަތިލާފައިވާކަން ޖޭ.އެސް.ސީ އިން ވަނީ ހާމަކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • ޒީނަތު އަލީ/ ދަފްތަރު. ނަންބަރު 2616 މާލެ
  • މުހައްމަދު ޝަނީޒް / ހަނދުވަރީނާޒް، ގދ.ގައްދޫ
  • މަރްޔަމް ވަހީދު / ބެލޫން، ސ.ފޭދޫ
  • ރުޝްދު އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  • ފައްޔާޟު ޝާތިރު / ހަސަންކާރިގެ، ސ.މީދޫ

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް މަހެއްގެ މައްޗަށް 36،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ލިބޭނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އިއުލާނުކުރީ، އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ