​ޖަރުމަން އަދި ކޮސްޓަރިކާ ކަޓައިފި، ޖަޕާން އަދި ސްޕެއިން ދެވަނަ ބުރަށް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އީގެ ފަހު މެޗުގައި ޖަރުމަނުން ކޮސްޓަރިކާ ބަލިކުރި ނަމަވެސް އެޓީމު ކެޓީ ގޯލުގެ ތަފާތުން ސްޕެއިން ކުރީގައި އޮތުމުންނެވެ. މި ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސްޕެއިން އާއި ޖަޕާންއެވެ.

ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު ނިމުނީ 4-2ންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒްއެވެ. ނަމަވެސް ދެވަނަ ހާފިގައި ކޮސްޓަރިކާއިން ދެލަނޑުޖަހާ ނަތީޖާ އަނބުރާލިއެވެ. ކޮސްޓަރިކާގެ ލަނޑުތައް ޖަހައިދިނީ ޔެލްޓްސިން ޓެޔޭޑާ އާއި ޖުއާން ޕަބްލޯ ވާގަސްއެވެ. ނަމަވެސް ޖަރުމަނުން ވަނީ މެޗު ނިމުމުގެ ކުރިން ތިން ލަނޑު ޖަހާފައެވެ. ކައި ހަވާޓްޒް ދެލަނޑު ޖެހިއިރު އެޓީމުގެ ފަހު ލަނޑު ޖެހީ ނިކްލަސް ފޫކްރަގްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކުރީ ސްޕެއިނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ. ސްޕެއިންއަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ. ޖަޕާނުގެ ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ޖަޕާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޓްސޫ ޑޯންއެވެ. މެޗުން މޮޅުވެ ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު ޖަހައިދިނީ އައޯ ޓަނާކާއެވެ.

ގްރޫޕްގެ ފަހު ދެމެޗަށް ނުކުތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް އޮތެވެ. ފަހު މެޗުގެ ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނާގައި ހަޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކުރީ ޖަޕާނެވެ. ދެވަނާގައި އޮތް ސްޕެއިންއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި އޮތް ޖަރުމަނަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ސްޕެއިންއަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. ތާވަލުގެ ފުލުގައި ކޮސްޓަރިކާ އޮތީ ތިން ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ