ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކެއް ނައްތާލައިފި

ޚަބަރު ފަހުގެ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މި ތަކެއްޗަކީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2021/3 ގެ އިސްލާހުގެ ދަށުން، ހދ. ކުޅުދުއްފުށި ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެއްޗެވެ.

އިޝްތިހާރު
އިޝްތިހާރު

މިތަކެތި ނައްތާލާފައިވަނީ ކުޅުދުއްފުށީ ކުނި ނައްތާލާ ސަރަހައްދުގައި މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކަސްޓަމްސްއިން ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 50 ކާޓަން ޕްލާސްޓިކް ތަށި، 10 ކާޓަން ޕްލާސްޓިކް ސަމްސާ، 10 ކާޓަންގެ ޕްލާސްޓިކް އޫގެ އިތުރުން ޕްލާސްޓިކް ވަޅީގެ 10 ކާޓަންއެވެ. މިތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާއްމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ