އެމެރިކާއަތުން މޮޅުވެ ނެދަލެންޑްސް ކުއާޓާއަށް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ގަދަ 16ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމެރިކާއާއި ނެދަލެންޑްސްއެވެ. ނެދަލެންޑްސްއިން މެޗު ކާމިޔާބުކުރީ 3-1ންނެވެ. ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ މެމްފިސް ޑެޕާއީއެވެ. ޑެންޒެލް ޑަމްފްރީސް ދިން ޕާހެއް ގޯލަށް ފޮނުވާލައިގެން ޑެޕާއީ ލަނޑުޖެހީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިނީ ޑަލޭ ބްލައިންޑްއެވެ. މި ލަނޑު ޖެހުމަށްވެސް އެހީތެރިވެދިނީ ޑަމްފްރީސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެމެރިކާއިން ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކްރިސްޓަން ޕުލިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ ހާޖީ ރައިޓްއެވެ. އޭގެ ފަސް މިނެޓު ފަހުން ނެދަލެންޑްސްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ދެލަނޑު ޖެހުމަށް އެހީތެރިވެދިން ޑަމްފްރީސްއެވެ.

މި ނަތީޖާއާއެކު ނެދަލެންޑްސް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، އެމެރިކާ ވަނީ މުބާރާތުން ކަޓާފައެވެ. ކުއާޓަރ ފައިނަލުގައި ނެދަލެންޑްސް ބައްދަލުކުރަން ޖެހޭނީ، އާޖެންޓީނާއާއި އޮސްޓްރޭލިއާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ