ސެނެގަލް އަތުން ފަސޭހަ މޮޅަކާއެކު އިނގިރޭސިން ކުއާޓާރއަށް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސެނެގާލްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިގެން އިންގްލެންޑުން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 3-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޖޯޑަން ހެންޑަސަންއެވެ. މިއީ ޖޫޑް ބެލިންހަމް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންގެލެންޑަށް ލީޑޫ ފުޅާކޮށްފިނީ ޓީމުގެ ތަރި ހެރީ ކޭންއެވެ. އިންގްލެންޑުގެ ފަހު ލަނޑު ދެވަނަ ހާފުގައި ޖެހީ ބުކާޔޯ ސަކާއެވެ. ފަހު ދެލަނޑު ޖެހުމަށް އެހީތެރިވެދިނީ ފިލް ފޮޑެންއެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރުގެ މުބާރާތާއި ކުރިމަތިލިއިރު އެފްރިކާގެ ޗެމްޕިއަން ސެނެގާލްގެ ތަރި ސަޑިއޯ މާނޭ ނެތުމަކީ އެޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައެވެ. މާނޭއަށް ވޯލްޑް ކަޕް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އިންގްލެންޑް އަތުން ސެނެގާލް ބަލިވުމާއެކު އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ކުއާޓަރ ފައިނަލުގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ