ހަނިމާދޫގައި ހޮސްޕިޓަލް އަޅާނެ ބަޔަކު އަނެއްކާ ވެސް ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ކުވޭތު ފަންޑުގެ އެހީގައި ހަނިމާދޫގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

ހަނިމާދޫގައި ހޮސްޕިޓަލް ހެދުމަށް ބިޑް ހުށަހެޅުމަށް މީގެކުރިން ވެސް ދެ ފަަހަރަކު ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެ ހޮސްޕިޓަލްތަކަށް ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އަލުން ބީލަމަށްލުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް  1،500 ރުފިޔާގެ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ.

މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިންނެވެ.

ބީލަންތައް ކުރިއަށްދާނީ ޕްލޭނިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރުން ކުރިއަށް ގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެގޮތަށެވެ.

މަޝްރޫއުގެ ބިޑު ހުޅުވުން އޮންނާނީ  2 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:00ގައެވެ.

ހަނިމާދޫގެ އިތުރުން ކުވޭތު ފަންޑުން ހޮސްޕިޓަލް އަޅާ ރަށްތައް

ށ. މިލަންދޫ
ނ. ވެލިދޫ
ކ. ތުލުސްދޫ
އދ. މާމިގިލި
ވ. ފެލިދޫ
ތ. ވިލުފުށި

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ