ފ.އަތޮޅުގެ 2 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ޤާއިމުކޮށްފި

ޚަބަރު ފަހުގެ

ފ.އަތޮޅުގެ ދެރަށެއްގައި ފުލުހުންގެ ޕޯސްޓް ޤާއިމުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ޕޯސްޓް އަލަށް ޤާއިމުކޮށްފައިވަނީ ފ.ފިއަލީގެ އިތުރުން އެއަތޮޅު ދަރަނބޫދޫގައެވެ.

އިޝްތިހާރު
އިޝްތިހާރު

ފ.އަތޮޅު ދަރަނބޫދޫ އާއި ފީއަލި ޕޮލިސް ޕޯސްޓް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއީ ކުރިއެރުމެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރަނބޫދޫއަކީ މިހާރުވެސް ކުށް މަދު ރަށެއްކަމަށެވެ. އަދި އަލަށް ޤާއިމުކުރެވުނު ޕޮލިސް ޕޯސްޓާއެކު އެރަށަކީ މިހާރަށްވުރެވެސް ކުށްމަދު އަމާން ސުލްޙަވެރި އަދި އުފާފާގަތި ރަށަކަށްވެގެންދާނެ ކަމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިދެރަށުގައި ޤާއިމުވެގެންދިޔަ ޕޮލިސް ޕޯސްޓްތަކުގެ ސަބަބުން އާއްމުންނާއި ގާތުން ޚިދުމަތް ދިނުމަށް ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށެވެ.

ރަށްރަށުގައި ކުށްކުރުން މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ދޭން ފެށުމަށް ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރު މަޝްރޫޢެއް މިއަހަރުވަނީ ފަށާފައެވެ. 48 މިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ