11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މިހާތަނަށް ބުނެފައިވަނީ 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ ފާއިތުވި ހަފުތާގެ ބުދަދުވަހުގައެވެ.

އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހުގައި ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަކަށް އެ މީހާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންދާކަމަށް ބުނުން ފިޔަވައި އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ