49 ފަނޑިޔާރަކު އިންޑިއާއިން ތަމްރީނުކޮށްދެނީ

ޚަބަރު ފަހުގެ

އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި ޖޭއެސްސީއާއި ދެމެދު 2020 ވަނަ އަހަރު ވެފައިވާ އެމްއޯޔޫއެއްގެ ދަށުން، 49 ފަނޑިޔާރަކު އިންޑިއާގައި ތަމްރީނުކުރުމަށް ހަމަޖެހިއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ 5 ދުވަހުގެ ކަސްޓަމައިޒްޑް ޓްރެއިނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަކަށް ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންތަކެއް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ފަނޑިޔާރުންގެ ޤާބިލުކަން މިހާރަށްވުރެ އިތުރު ވެގެންދާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގްރާމުގައި ބައިވެރިވާ ފަނޑިޔާރުންގެ ތެރޭގައި ހައިކޯޓުގެ 2 ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުގެ 14 ފަނޑިޔާރުންނާއި، 6 އަންހެން ފަނޑިޔާރުން ހިމެނޭ ގޮތަށް އެކި އަތޮޅުތަކުގެ 33 މެޖިސްޓްރޭޓުން ހިމެނެއެވެ.

މާދަމައިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނުގައި މި ޕްރޮގްރާމްގައި އިންޑިއާގެ ޖުޑީޝަރީއާ ބެހޭ މައުލޫމާތުގެ އިތުރުން، ފަނޑިޔާރުންގެ ހުނަރުތައް ކުރިއެރުވުމާއި، ކޯޓު މެނޭޖްމަންޓާއި، ކޭސް މެނޭޖްމަންޓާއި، އައިސީޓީ މެދުވެރިކޮށް ޖުޑީޝަލް ޕްރޮސެސްތައް ކުރިއަށްދާ ގޮތާއި ގުޅޭ ބައިވެރިންނަށް ތަމްރީނުތައް ފޯރުކޮށްދެވިގެންދާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ވަނީ މިދިޔާ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ފަނޑިޔާރުންނާއި ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއަކީ 1993 ވަނަ އަހަރު ޤާއިމުކޮށްފައިވާ މިނިވަން އެކަޑަމީއެކެވެ. ފާއިތުވި އަހަރުތަކުގައިވެސް އެ އެކަޑަމީން އިންޑިއާގެ އިތުރުން، އަވައްޓެރި ޤައުމުތަކުގެ ފަނޑިޔާރުން ތަމްރީނު ކުރަމަށް ތަފާތު ޕްރޮގްރާމްތައްވަނީ ހިންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ