ނިޝާމާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް

ޚަބަރު ފަހުގެ

ހދ. ނޮޅިވަރަމުގައި އަނބިމީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފިރިމީހާގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ.

ހދ. ނޮޅިވަރަމް، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރާ ގުޅިގެން ރޭގެ ވަގުތެއްގައި ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ އދ. ފެންފުށީ، ރޯޒީ ވިލާ، ފައިސަލް އަލީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުވެސް ކުރެ އެވެ.

އެ މީހުން ދިރިއުޅޭ ކޮޓަރީގެ ތެރޭގައި އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮތްއިރު ހިމަ އެއްޗެއް ކަރަށް ބާރުކޮށްލުމުން ހުންނަ ކަހަލަ ޒަހަމެއް ކަރުގައި ހުއްޓެވެ.

ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅައި ގުޅައި ފޯނު ނުނެގުމުން އެ ގެ އަށް ދިއުމުންނެވެ.

އެ މީހުންގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ