ޓްރާންސްޕޯޓު މިނިސްޓްރީ އިން ރަޖިސްޓްރީ ކުރާ ހުރިހާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ނަންބަރު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރުމަށް ނިންމައިފިއެވެ.
ޓްރާންސްޕޯޓުން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ އެންމެހާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށާއި، އަދި އެއްވެސް ފަރާތަކަށް ގަވާއިދާ ހިލާފު އަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުނަށް ފެންނަން ހުންނާނެހެން އާއްމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާނުގައިވެއެވެ.