ގުޑަގިރި ޕިކްނިކް އައިލެންޑްގައި މަސައްކަތްކުރަން މުވައްޒަފުން ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.
އޯޕަންޑޭ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެޗްޑީސީގެ ހުޅުމާލެ އޮފީހުގަ އެވެ.
އޯޕަން ޑޭ ބާއްވަނީ ކުޑަގިރިއަށް ބޭނުންވާ 17 މުވައްޒަފުންގެ ވަޒީފާއަށް މީހުން ހޯދުމަށެވެ.
ޕިކްނިކް އައިލެންޑްގެ ވަޒީފާތަކާއި މުސާރަތައް
- އެކައުންޓެންޓް – 23،500 ރުފިޔާ
- އެސިސްޓެންޓް އެކައުންޓްސް އޮފިސަރު – 13،000 ރުފިޔާ
- ޕާޗޭސިން އެންޑް ސްޓޯ ކޯޑިނޭޓަރު – 14،500 ރުފިޔާ
- އެޗްއާރް އެންޑް ޓްރެއިނިން ކޯޑިނޭޓަރު – 14،500 ރުފިޔާ
- ލޭންޑްސްކޭޕިން ކޯޑިނޭޓަރު – 14،500 ރުފިޔާ
- މޮނިޓަރިން އެންޑް ސެކިއެރިޓީ ސުޕަވައިޒަރު – 17،000 ރުފިޔާ
- ސެކިއުރިޓީ އެސިސްޓެންޓް – 8،500 ރުފިޔާ
- ކްލީނާސް – 8،500 ރުފިޔާ
- އިމާމު – 12،500 ރުފިޔާ
- އެކްޒެކެޓިވް ސެކްރެޓަރީ – 14،500 ރުފިޔާ
- ރޫމް އެޓެންޑެންޓް – 10،500 ރުފިޔާ
- ސޭލްސް އެންޑް ރިޒަވޭޝަން ކޯޑިނޭޓަރު – 14،500 ރުފިޔާ
- ރިސެޕްޝަނިސްޓް – 13،000 ރުފިޔާ
- ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒަރު – 17،000 ރުފިޔާ
- ރެކްރިއޭޝަން އެޓެންޑެންޓް – 10،500 ރުފިޔާ
- ޓެންޓް މެނޭޖްމަންޓް ކޯޑިނޭޓަރު – 14،500 ރުފިޔާ
- މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓަރު – 14،500 ރުފިޔާ
މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.
ކުޑަގިރި ފަޅުގައި ތަރައްގީކޮށްފައިވާ ޕިކްނިކް އައިލެންޑް ހުޅުވޭނެ ދުވަހެއް އަދި ޔަގީން ނުވާ ކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިމަހުވެސް ހުޅުވޭތޯ ޕްލޭނިން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ