ޖަރުމަންއާއި ސްވިޒަލެންޑާ ކުޅުން މެޗްން އެއްވަރު

ކުޅިވަރު ފަހުގެ

ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަން ކުޅުނު މެޗުން އެޓީމު ވަނީ ސްވިޒަލެންޑާ އެއްވަރުވެފައެވެ.

ސްވިޒަލެންޑްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަތިއަސް ގިންޓާގެ އެހީއާއެކު އިލްކާއި ގުންޑޮގާންއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބްރީލް އެމްބޯލޯގެ އެހީއާއެކު މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދިނީ ސިލްވަން ވިޑްމާއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައިގައި އޮތީ ސްޕެއިނެވެ. ސްޕެއިނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ޖަރުމަނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ