ސާއްބަ އެނިވާސަރީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސާއްބަ އެނިވާސަރީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ހަނިމާދޫ އިޖްތިމާއީމަރުކަޒު ގައި ރޭ ބޭއްވި ކުޑަކުޑަ ރަސްމިއްޔާތެއްގައެވެ. މި އަހަރުގެ މުބާރާތުގައި ޖުމުލަ 7 ޓީމު ބައިވެރިވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރު މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހަލައިގެނެވެ. އެގޮތުން ގުރޫޕް “އޭ”ގައި ހިމެނެނީ ޝީލްޑް، އަހުލީ، ޔުނީފޯމް އަދި ޔޫތު ފުރެންޑްސްއެވެ. ގުރޫޕް “ބީ” ގައި ހިމެނެނީ ރޫހް، ފެލްކަން އަދި ރިއަލް ސްޓަރސް އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 19 ޑިސެމްބަރު 2022 ވަނަ ދުވަހުއެވެ. އެދުވަހު ބައްދަލު ކުރާނީ 2020 ވަނަ އަހަރުގެ ޖެންޕިޔަން ޝީލްޑް އަދި އަހުލީއެވެ.

ސާއްބަ އަހަރީ ކަޕް ކުޅެފައި ވަނީ 2009 ، 2011، 2013، 2015، 2018، 2020 މިއަހަރު ތަކުގައެވެ. ސާއްބަ އެކުވެރި ކްލަބް ވުޖޫދަށް އައިސްފައި ވަނީ 2007 ޑިސެންބަރ 12 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ