ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ލައިޓް ހަރުކޮށް، ޓެސްޓުކޮށްފި

ޚަބަރު ފަހުގެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ލައިޓް ހަރުކޮށް، ޓެސްޓުކޮށްފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި، ރޭގަނޑުގެ ވަގުތުތަކުގައިވެސް ފްލައިޓް ޖެއްސޭގޮތަށް ރަންވޭގައި ލައިޓްހަރުކޮށް ޓެސްޓުކޮށްފައިވާއިރު، އެ އާޕޯޓުގައި މިހާރު ކުރަމުންދަނީ އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ ފަހުގެ ތައްޔާރީތަކެވެ.

އިޝްތިހާރު
އިޝްތިހާރު

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރަންވޭއާއި ފަޔަރ ބިލްޑިންއާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ