އެޗްޑީސީން ބޯޓިންގ ދާއިރާއިން 10 ޒުވާނަކު ތަމްރީނު ކުރަނީ

ޚަބަރު ފަހުގެ

ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންޓަގުރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބޯޓިންގް ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހުޅުވާލި 10 ފުރުސަތަށް، ކުރިމަތިލި ޒުވާނުންނާއި ލިޔުން ހަވާލުކޮށްފައެވެ.

އެޗްޑީސީން ބުނީ މިކަމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުން ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބޯޓިންގް ދާއިރާއިން ޒުވާނުން ބިނާކުރުމަށް ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްުޔާތު – ފޮޓޯ: އެޗްޑީސީ
މި ޕްރޮގޮރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓްކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސެންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ ދިވެހި ޒުވާނުންނަށެވެ. އަދި ބައިވެރިވާ ފަރާތަކީ ފަރިތަކަމާއިއެކު އިނގިރޭސީއިން ވާހަކަ ދެއްކޭނެ މީހެއް ކަމުގައިވާން ވާނެ ކަަމަށް ބުނެފައި ވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވޯޓަރސްޕޯޓްސްއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީފައި ވެއެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންގ އެއް ދީފައި ވެއެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިޔަށް ގެންދާނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ގަލްފް ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ