ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ހަނިމާދޫ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.
އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ 1444 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެއާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމަށްވެސް ހަނިމާދޫ ކައުންސިލުގެ އިއުލާންގައިވެއެވެ.
އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކެއްގެ ސާފު ކޮޕީ ފޯމާއިއެކު ހުށަހަޅަން ވާނެކަމަށާއި ފުރިހަމަ ނުވާ ފޯމުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅުއްވާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވާކަމަށް ހަނިމާދޫ ކައުންސިލުގެ އިއުލާންގައިވެއެވެ.
ފޯމު ބަލައިގަތުން ކުރިޔަށްދާނީ 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ގެ 13:00 ގެ ނިޔަލަށް ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ.
ހަނިމާދޫގައި ފާއިތުވި އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވަނީ 2 އާއިލާ އެއްކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމަތު ދެއްވައެވެ.