15 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ އެކި ހިސާބުތަކުގެ މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީ ބުނީ އެ މަގާމުތަކަށް ޝައުގުވެރިވާ ފަނޑިޔާރުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ކޯޓުތަކަކީ ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓް، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް، ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް، އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް، މ. މުލައް މެޖިސްޓްރޭޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓެވެ.

މެޖިސްޓްރޭޓް ކޯޓްތަކަށް އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި އިރު، އެ މަގާމުތަކުގެ އަސާސީ މުސާރަ އަކީ މަހަކު 21،000ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސާއި ފޯނު އެލަވަންސްގެ އިތުރުން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ