ދުވާފަރު ބައި އިލެކްޝަން އެމްޑީޕީ އަށް

ފަހުގެ ސިޔާސީ

ރ.ދުވާފަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ނަޒީމް އެެވެ. ނަޒީމަށް ވަނީ 612 ވޯޓު ލިބިފަ އެވެ. އިންތިހާބުގައި އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު އަލީ އަށް ލިބިފައިވަނީ 544 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ހުސެއިނަށް ލިބިފައިވަނީ 298 ވޯޓެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިހާބުގައި 35 ވޯޓު ބާތިލުކޮށްފައިވާއިރު ސައްހަ ވޯޓުގެ އަދަދަކީ 1،454 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،412 މީހަކަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 1،489 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ޕަސެންޓް މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ