ރޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފި

ޚަބަރު ފަހުގެ

ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި 249 ބަނގުރާ ފުޅިޔާއި 111 ބިޔަރު ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް މާލޭގެ ދެ ގެއެއްގައި ބަނގުރާ ކައްކާ އަދި ގެންގުޅޭކަމުގެ މައުލޫމާތު ލިބުނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއިން އެއް ގެއިން ބަނގުރާ ކައްކަން ގެންގުޅޭ ސާމާނު ކަމަށް ބެލެވޭ ތަކެއްޗާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 5 ފުޅި އަދި 500 އެމްއެލްގެ 52 ފުޅި ވަނީ ހޯދާފައެވެ. ބަލާ ފާސްކުރިގޭގައި ދިރިއުޅޭ 32 އަހަރުގެ ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބަލައިފާސްކުރި ދެވަނަ ގެއިން 192 ބަނގުރާ ފުޅިއާއި 111 ބިޔަރު ދަޅު ހޯދައިފާވާކަމަށް އާންމުކުރި ރިޕޯޓުގައި އެބައޮތެވެ. އަދި 25 އަހަރާއި 26 އަހަރުގެ ދެ ބަންގްލަދޭޝް މީހުންވަނީ ހައްޔަރުކޮއްފައެވެ.

ޑްރަގް އެންފޯސްމަންޓުން މި ދެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ