2022 ވަނަ އަހަރު ނިންމުމުގެ ރަސްމިއްޔާތު ބޮޑުފޮޅުދޫ ކައުންސިލުން ބާއްވައިފި

ޚަބަރު ފަހުގެ

2022 ވަނަ އަހަރު ނިންމުމުގެ ރަސްމިއްޔާތު ބޮޑުފޮޅުދޫ ކައުންސިލުން ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ޓައިމް މެނޭޖްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނާއި، ޖޮބް ރޮޓޭޝަން ޓްރެއިނިންގ އާއި ޖޮބް އެންރިޗްމަންޓް ޓްރެއިނިންގ ފުރިހަމަ ކުރި ބައިވެރިންނަށްވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހަރަކާތްތަކުގެ ފޯކަލް ޕޮއިންޓުންނަށް ވެސްވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ުމީގެ އިތުރުން ރަށްވެހި މުވައްޒަފުގެ އެންމެ މަތީ ޝަރަފްވެރި އެވޯޑާއި ރަށްވެހި މުވައްޒަފުގެ އެންމެ ޝަރަފްގެ އެވޯޑު ވަނީ ހަވާލުކޮށްފައެވެ.

“ރަށްވެހި މުވައްޒަފުގެ އެންމެ މަތީ ޝަރަފްވެރި އެވޯޑް” ހާސިލު ކޮށްފައިވަނީ އއ.ބޮޑުފޮޅުދޫ ވާރޭވިލާ މުހައްމަދު އިބްރާހިމްއެވެ. އެނާވަނީ ބޮޑުފުޅަދޫ ކައުންސިލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ކައުންސިލްގެ ވަޒީފާއިން މުސްކުޅިކުރައްވާފައެވެ.

“ރަށްވެހި މުވައްޒަފުގެ އެންމެ ޝަރަފްގެ އެވޯޑް” ހާސިލުކުރީ އއ.ބޮޑުފޮޅުދޫ މީނާޒް އައިޝަތު އަބްދުﷲ އެވެ. އެނާއަށް މި އެވޯޑް ދެވުނީ ކައުންސިލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ކައުންސިލްގެ ވަޒީފާއިން އެހެން މުއައްސަސާއަކަށް ބަދަލުވުމަށް ވަޒީފާއިން ވަކިވުމުންނެވެ.

މީގެ އިތުރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި ބޮޑުފޮޅުދޫއަށް ރީތި ނަން ހޯދައިދީފައިވާތީ އއ.ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރު އެރަށު ކަރަންކާގެއާގެ، އައިޝަތު ޝަހާމާއަށް އެރަށު ކައުންސިލުން ދެއްވާ 10،000 ރުފިޔާގެ ފައިސާގެ އިނާމުވެސްވަނީ ހަވާލުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ