މިރޭ 12އިން ފެށިގެން ޓެކްސް ނަގަމުން އަންނަ ރޭޓަށް ބަދަލު އަންނާނެ!

ޚަބަރު ފަހުގެ

މިރޭ 12އިން ފެށިގެން މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ މިހާރު ނަގަމުން އަންނަ ރޭޓަށްވުރެ ބޮޑުވެގެން ދާނެއެވެ.

އެގޮތުން މިހާރު ހަ ޕަސެންޓުގައި ނަގަމުން އަންނަ ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުވާނެއެވެ. 12 ޕަސެންޓުގައި މިހާރު ހުރި ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައި ވަނީ 16 ޕަސެންޓަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ 24 ގަޑިއިރު ހިދުމަތް ދެމުން ނުގެންދާ ތަންތަނުން ޖީއެސްޓީ ނަގަން ފަށާނީ އެތަންތަން ހުޅުވާ ވަގުތުން ފެށިގެން ކަމަށެވެ. ނަމަވެސް 24 ގަޑިއިރު ހިދުމަތް ދެމުން ގެންދާ ތަންތަނުން މިރޭގެ 00:00 އިން ފެށިގެން ބަދަލު ގެނެސްފައިވާ ރޭޓުގައި ޓެކްސް ނަގަމުން ގެންދަން ވާނެ ކަމަށް މީރާ އިން ބުނެއެވެ.

މީރާ އިން ބުނީ ވިޔަފާރިތަކުން ވިއްކާ މުދަލުގައި މާދަމާ އިން ފެށިގެން އަގުތައް ހުންނަން ވާނީ އާ ރޭޓުގެ ޖީއެސްޓީއާއެކު ކަމަށެވެ. މިރޭ ބަދަލު ގެންނަން އުނދަގޫ ފަރާތްތަކުން ވެސް މާދަމާ އިން ފެށިގެން އެ މުދަލެއް ލިބޭނެ އަގާއި ކުރީގެ އަގާއި ފެންނަން ހުންނާނެހެން ބެހެއްޓުމަށް މީރާ އިން އެދެއެވެ.

މީރާ އިން ބުނީ ޓެކުހަށް އަންނަ ބަދަލާއެކު ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިގެން “ފެކްޓް ޝީޓް” އެއް ތައްޔާރުކޮށް މީރާގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. އަދި އެ ބިލު ރައީސް ސޯލިހު ތަސްދީގު ކުރެއްވީ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ