މިއަދުން ފެށިގެން ވެހިކަލް ފީ ބަލައިގަންނާނީ “ސަވާރީ ޕޭ” ޕޯޓަލްއިން

ޚަބަރު ފަހުގެ

ވެހިކަލް ފީއާއި ޖޫރިމަނާތައް މިއަދުން ފެށިގެން ބަލައިގަންނަމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ “ސަވާރީ ޕޭ” ޕޯޓަލުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މީރާއަށް ބަލައިގަންނަމުން ގެންދިޔަ އެއްގަމު އުޅަނދު ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ 1 ޖަނަވަރީ އިން ފެށިގެން ބަލައިގަންނާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް “ސަވާރީ ޕޭ”، ޔޫއާރުއެލް (pay.transport.gov.mv ) މެދުވެރި ކޮށްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިން މި ފީތައް ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާ މެދުވެރިކޮށެވެ. ނަމަވެސް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ސިޔާސަތުގެ ދަށުން އަހަރީ ފީ ކައުންސިލްތަކުން ބަލައިގަންނައިރު، ކައުންސިލްތަކަށް އިތުރު އާމްދަނީއެއް ލިބުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ