ޕްރައިމަރީ ކާމިޔާބުކުރާނީ އަޅުގަނޑު، ބަލިވުމަކީ ދުވަހަކުވެސް ވެފައި އޮތް ކަމެއް ނޫން – ނަޝީދު

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބު ކާމިޔާބުކުރެއްވޭނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިންތިޚާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބަށް ނުކުމެ މަސައްކަތްކުރައްވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކަމަށެވެ.

އިންތިޚާބުތަކުުގައި ވާދަކުރެއްވުމަކީ އެމަނިކުފާނަށް އައު ކަމެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުން ނާކާމިޔާބު ވެދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށާއި، އެ ހާލަތަކާމެދު ނުވެސްވިސްނަވާކަމަށެވެ.

“އަޅުގަނޑު އަންދާޒާކޮށްފައި އޮތް ކަމެއްވެސް ނޫން، އިންތިޒާރުކުރާ ކަމެއްވެސް ނޫން، ދެކޭ މަންޒަރެއްވެސް ނޫން އަދި ދުވަހަކުވެސް ވެފައި އޮތް ގޮތެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ކިތަންމެ ބޮޑު ޔަގީންކަމެއް އޮތް ނަމަވެސް އެމަނިކުފާނު އަންނަނީ އިންތިޚާބާ މެދު ހުރި ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެގޮތުން މިހާރު ވެސް އެމަނިކުފާނު ވަނީ އިންތިޚާބާ ގުޅުން ހުރި 4 މައްސަލައެއް ޕާޓީއަށް ހުށަހަޅާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާއިރު ދެ ކެނޑިޑޭޓުންވެސް ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. އެގޮތުން ޖަގަހަ ޖަލްސާތަކާއި، އަތޮޅުތެރޭގެ ދަތުރުތައްވެސް ވަނީ ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ