ޑްރޯން އަރުވަން ތިން ދުވަސްކުރިން ހުއްދައަށް އެދެންޖެހޭ

ޚަބަރު ފަހުގެ

ޑްރޯން އެރުވުމުގެ ހުއްދަ ހޯދުމަށް ތިން ދުވަސް ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވާތީ، ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާއިރު ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީޚުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެ މުއްދަތަށް ވުރެ ކުރި މުއްދަތަކާއެކު ޑްރޯން އެރުވުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ފޯމުތައް ބާތިލުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީން ބުނީ ޑްރޯން އޮޕަރޭޓް ކުރާނެ ތަނުގެ ޕޮޒިޝަން އެނގޭނެ ގޮތަށް ސަަރަހައްދުގެ ޗާޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އާބަން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަސް އެއްގައި ކަމަށާއި ކަނޑުގެ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 150 މީޓަރު ރޭޑިއަސް އެއްގައި ކަމަށް ވެސް ބުންޏެވެ. ޑްރޯން އުދުއްސުމުގެ ހުއްދަ ދޭނެ އެންމެ އުސްމިނަކީ 120 މީޓަރު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ