ހޯރަފުށީ ހާފްވޭ ހައުސްގެ ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިއްޖެ

ޚަބަރު ފަހުގެ

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ޖުމުލަ 5.99 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ. ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ފުރާޅުގެ ބީމް މަސައްކަތްތަކުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި އިމާރާތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވަ ޕްރޮގްރާމްތައް ހިންގުމަށް އެ ކުދިން ބޭތިއްބުމަށް ހަދާ މަރުކަޒެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ