ރައީސް ޞާލިހުގެ ކެމްޕެއިން ތަރުޖަމާނަކަށް މާރިޔާ

ފަހުގެ ސިޔާސީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިންގެ ތަރުޖަމާނަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހަމަޖައްސަވައިފިއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު ނާޝިޒު ވިދާޅުވީ ރައީސް ޞާލިހުގެ ކެމްޕެއިނާއި ގުޅުންހުރި މައުލޫމާތުތައް މީޑިއާތަކާއި އަދި އާންމު މެމްބަރުންނަށްވެސް ހިއްސާ ކުރައްވާނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޕޯކްސްޕާސަންގެ މަޤާމަށް މާރިޔާ އައްޔަންކޮށްފައިވާއިރު މިނިސްޓަރ މާރިޔާ ގެންދަވަނީ ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތަކުގައި ފެށުނީއްސުރެ ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ. މާލެ އާއި އަތޮޅު ތެރޭގައިވެސް ކެމްޕެއިން ހަރަކާތްތައް ފޯރިއާއިއެކު ދަނީ ކުރިއަށެވެ.

ކެމްޕެއިން ފޯރިގަދަވެފައިވާއިރު ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ