މޯލްޑިވިއަނުން އޭޓީއާރު ދެ ބޯޓު ގެެނެސްފި

ޚަބަރު ފަހުގެ

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މޯލްޑިވިއަނުން އޭޓީއާރު 72- 600 މަރުކާގެ މުޅިން އާ ދެ ބޯޓު މިއަދު ގެެނެސްފި އެވެ.

މޯލްޑިވިއަނުން އަލަށް ގެނައީ 74 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި ދެބޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދު ވެސް ކުޑަ ދެ ބޯޓެވެ. މިބޯޓުތަކާއެކު މޯލްޑިވިއަނުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ ބޯޓުގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އިތުރު އެއް ބޯޓު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ގެނައި ދެ ބޯޓު ރާއްޖެއަށް އައުމާ ގުޅިގެން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނައިބު ރައިީސް ވިދާޅުވީ، އިގުތިސޯދީ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި އިތުރު ދެ ބޯޓު ގެނެވުމުން ދައްކުވައިދެނީ އިގްތިސޯދު ކުރިއެރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 10 ބޯޓެވެ.

މޯލްޑިވިއަންގައި މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓްތައް ވިއްކާލަން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. އޭޓީއާރުގެ ބޯޓްތަކަށް މޯލްޑިވިއަންގެ މުޅި ފްލީޓް ބަދަލު ކުރަން ނިންމާފައި ވަނީ ހަތް އަހަރު ދުވަހުގެ ތެރޭގަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ