އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަންކަމުގައި މަޝްވަރާ ދެއްވަންވީ ކަމަށާއި އަދި ވާހަކަތައް ވެސް ހިއްސާކުރަންވީ ކަމަށާއި ނަމަވެސް ކަންކަން ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.
އެގޮތުން ރިޔާސީ ދައުރުގެ ބާކީބައި ވެސް ނިންމާލާނީ އެއްވެސް މީހެއްގެ އަޅަކަށް ނުވެ ކަމަށާއި އަދި ކަންކަން ނިންމުމުގައި މީހުންގެ އަޑު އަހައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑު ކަންތައްތައް ނިންމަމުން ގެންދަނީ އަޅުގަނޑާއެކީ ތިބި ކެބިނެޓްގެ މެމްބަރުންނާއި، ޕާޓީގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުންގެ އަޑުއަހައިގެން އެންމެންނަށް ފައިދާވާ ގޮތަށް. މިރޭ ވެސް ހަނދުމަފުޅުކޮށް އަރުވަން ބޭނުން ވަނީ މި ދެ ކަންތައް. މިއީ އަޅުގަނޑުގެ ރިޔާސީ ދައުރުގައި ކުރިއަށް މިއޮތް ތަނުގައި ވެސް ދޫނުކޮށްލާނެ ދެ ކަންތައް.” ރައީސް