ޕާޓީއާ ދޭތެރޭ ނަފްރަތު އުފެއްދުން ހުއްޓާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި

ފަހުގެ ސިޔާސީ

އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުކޮށް ޕާޓީއާ މެދު ނަފްރަތު އުފެއްދުން ހުއްޓާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ ފާއިތުވެގެން ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީގެ އެތެރެއިން ސަރުކާރު ހިންގުމަށް، އެތައް ދަތިތަކެއް ކުރިމަތި ކުރުވި ކަމަށެވެ.

ކޮވިޑް19ގެ އާލަމީ ވަބާއާ ގުޅުވައިގެން ވެސް ކޮންމެ ދުވަހަކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ސަރުކާރާއި މެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލުވާލުމަށް އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދަތިކަމާއެކު ވެސް ކަންތައްތަކެއް ހާސިލް ކުރެވިގެން ދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ

“މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާނީ ތިކަން ހުއްޓަވާލައްވާ. އެކަން ހުއްޓާލައްވާ. ހުއްޓާލައްވާފައި ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި މިވެފައިއޮތް ވައުދުތައް ފުއްދުމަށްޓަކައި އެކުއެކީ ކުރިއަށްދަމާ ހިނގާ،” ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ