ތަމަޅަ އެކްޓަރު ޖަޔަޕްރަކާޝް ރެއްޑީ ގަރޫ ނިޔާވެއްޖެ

މުނިފޫހި ފަހުގެ

ތަމަޅަ ފިލްމްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޖަޔަޕްރަކާޝް ރެއްޑީ ގަރޫ ނިޔާވެއްޖެއެވެ. ނިޔާވިއިރު  އުމުރަކީ 74 އަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޖަޔަޕްރަކާޝް ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަޔަޕްރަކާޝް އަކީ ކެރެކްޓާ ފިލްމްތަކުގެ އިތުރުން ކޮމެޑީ ގިނަ ފިިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ފަންނާނެކެވެ.

ބްރަހްމަޕުތްރުދޫ އިން ފިލްމީ ހަޔާތް ފެށި ޖަޔަޕްރަކާޝް ވަނީ ޕްރިމިންޗުކުންޑަމް ރާ، ގައްބަރް ސިންގު، ޗެންނަކެޝާވަރައްދީ، ސީތައްޔާ އަދި ޓެމްޕަރ ފަދަ ގިނަ މަގުބޫލު ތަމަޅަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ.

ޖަޔަޕްރަކާޝް ގެ މަރާ ގުޅިގެން ތަމަޅަ ފިލްމްސްޓާރުންގެ އިތުރުން ބޮލީވުޑުގެ ތަރިން ވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ