ރަނިންގްމޭޓަކަށްވާނީ އައްޑޫ މީހެއް: ރައީސް ނަޝީދު

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކަށް ހޮއްވަވާނީ އައްޑޫ މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންއަށް ހަތަރު އަތޮޅަކަށް ކުރެއވި ދަތުރުފުޅަކަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްވައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު
އިޝްތިހާރު

ރަނިން މޭޓާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ފަހަރުވެސް ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ އައްޑޫ ސިޓީ ބޭފުޅެއް ކަމަށެވެ.

އަދި އެ ބޭފުޅާއަށް މުޅި ރާއްޖެ ތަމްސީލުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ ޒުވާން ބޭފުޅަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

“އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ރަނިން މޭޓަކަށް ހަމަޖައްސަވާ ބޭފުޅެއްގެ ނަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ