ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރަކަށް ކަރލް ސްޓުމްކެ އައްޔަންކޮށްފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ބޭންކުގެ މިހާރުގެ ސީއީއޯ ކަރލް ސްޓުމްކެ އައްޔަންކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމާ ކަރލް ހަވާލުވެވަޑައިގަތީ 23 އޮކްޓޯބަރު 2022ގައެވެ. ނަމަވެސް އޭނާ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ބޭންކުގެ އެކްސްޓްރާ އޯޑިނަރީ އާއްމު ޖަލްސާ (އީޖީއެމް)ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ކަރލް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ބޭންކުގެ ހާއްސަގޮތުން ކުރާ އާންމުޖަލްސާއަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައެވެ. ކަރލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ޤައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން ކަރލް ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައެވެ. 2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފައެވެ. މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކަރލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓްގެ ޑައިރެކްޓަރގެ މަގާމުގައެވެ. މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ބަލަހައްޓަވާފައެވެ.

މީގެ އިތުރުން ކަރލް ވަނީ ބަރކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިންގ ޑައިރެކްޓަރ، އިންޑިއަން އޯޝަންސްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ