ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފަށަން އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ހަނިމާދޫ ޚަބަރު ފަހުގެ

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު، ހަނިމާދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިމަހުގެ 18 ވަނަ ދުވަހު ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ، އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ތަރައްގީ ކުރުމަށްވަނީ ހަމަޖެހިފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިިމިޓެޑާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ