ކޮބާ ރަސީދު ކެމްޕޭން ފަށައިފި

ޚަބަރު ފަހުގެ

ޖީއެސްޓީގެ ނަގަމުންދާ ރޭޓަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އައިސްފައިވާ ބަދަލާ ގުޅިގެން “ކޮބާ ރަސީދު”ގެ ނަމުގައި ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މީރާ އިން ބުނީ މި ކެމްޕޭންގައި ބައިވެރިވެގެން މަހުން މަހަށް ވެސް އިނާމު ހޯދޭނެ ކަމަށާއި ގްރޭންޑް ޕްރައިޒެއް ވެސް ކަނޑައަޅާފައިވާ ކަމަށެެވެ. އެގޮތުން އެންމެ ގިނަ ތަންތަނުން ވިޔަފާރިކޮށްގެން ފޮނުވާ ފަރާތްތަކުގެ މެދިގައި ގުރުލައިގެން ދޭން ހަމަޖެހިފައިވާ ގްރޭންޑް ޕްރައިޒަކީ 30،000ރ. އެވެ.
މީރާގެ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީރާ އިން ބުނީ މާދަމާ އިން ފެށިގެން މުދާ ވިއްކާ ފިހާރަތަކުންނާއި ހިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބާ ނަންބަރު 7291415 އަށް ފޮނުވުމުން ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ