ވިލުފުށީގައި އެއާޕޯޓު އަޅައިދޭނަން: ނަޝީދު

ޚަބަރު ފަހުގެ ސިޔާސީ

ތ. ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރޭ ވިލުފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެސް ކެމްޕެއިންގައި ގޭގެއަށް ވަންނަމުންދާ ކަމަށާއި ހުރިހާ ގެތަކުން ވެސް އިވެނީ ޝަކުވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ރައްޔިތުން ކުރަނީ ދޮގު ހަދާ ކަމުގެ ޝަކުވާ ކަމަށާއި ކަމެއް ކުރާނެ ކަމަށް ވައުދުވުމަށްފަހު އެކަން ނުކުރާ ކަމުގެ ޝަކުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑު ވެސް މިރޭ ވައުދެއް ވާނަން. ވިލުފުށީގައި މި އެއާޕޯޓް ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި މަސައްކަތް ކުރިއަށް ގެންދާނަން.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވިލުފުށީގައި އެއާޕޯޓެއް އެޅުމުގެ ބޭނުމަކީ ކޮޅުމަޑުލު ރަށްތަކުގެ ވިޔަފާރި ތަރައްގީކޮށްދިނުން ކަމަށެވެ. ތިމަރަފުށީގައި އެއާޕޯޓެއް އޮތްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ވިލުފުށީގައި އެއާޕޯޓެއް އެޅުމުން ތ.އަތޮޅުގެ ރަށްތަކަށް ޓޫރިޒަމް ތައާރަފް ކުރަން އެހީވާނެ ވަސީލަތަކަށް ވެގެންދާނެ ކަމަށާއި އެއީ ވިޔަފާރިތައް ތަރައްގީ ކުރުމަށް ކުރެވޭނެ ރަނގަޅު ހޭދައެއް ކަމަށެވެ.

މި މަސައްކަތް ބަޖެޓުން އަދި ލޯނެއް ނަގައިގެން ކުރުން ބުއްދިވެރި ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މި މަސައްކަތް ކުރުން ބުއްދިވެރީ ބަދަލުގައި ފަޅު ރަށެއް ނުވަތަ އެ ބާވަތުގެ ބިމެއް ދިނުމަށްފަހު އެއާޕޯޓު ތަރައްގީ ކުރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އިރު ވިލުފުށި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅައިދޭން، ޝައުގުވެރިވާ ފަރާތްތައް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިން 29، 2021 ގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ހަ ފަރާތަކުން ވިލުފުށީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފަ އެވެ. ނަަމަވެސް މިހާތަނަށް އެއާޕޯޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

ވިލުފުށީ ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅައިދޭން، ޝައުގުވެރިވާ ފަރާތްތައް ހޯދަން ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ އިއުލާންކޮށްފައެވެ. ހަ ފަރާތަކުން ވިލުފުށީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން މީގެކުރިން ބުނި ނަމަވެސް އެ މަސައްކަތް ބަޔަކާ ހަވާލެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ