އީޕީއޭއިން ފީވަކު ކައުންސިލް 83،000ރ. އިން ޖޫރިމަނާކޮށްފި

ޚަބަރު ފަހުގެ

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމާ ގުޅިގެން އެރަށު ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގިކަމުގެ ޝަކުވާ 07 އޮކްޓޯބަރ 2022 ވަނަ ދުވަހު އެ އެޖެންސީއަށް ހުށަހެޅުމާއި ގުޅިގެން މި މައްސަލައިގައި ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފީވަކު ކައުންސިލު 83،525.00ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން މިހާރު ވަނީ ފީވަކު ކައުންސިލުން އަންގާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ