ފެރިދުއާއި ނާވައިދޫގެ ބަނދަރު ތަރައްޤީކުރުމާއި، ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލު ކޮށްފި

ޚަބަރު ފަހުގެ

އއ. ފެރިދުއާއި ހދ. ނާވައިދޫގެ ބަނދަރު ތަރައްޤީކުރުމާއި، ނ. ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލު ކޮށްފި އެވެ.

މި ޕްރޮޖެކްޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

އިޝްތިހާރު
އިޝްތިހާރު

އއ. ފެރިދޫ ބަނދަރު އަަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން 147 މީޓަރ ބްރޭކްވޯޓަރ ޖެހުން، 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން، 90 މީޓަރ ރިވެޓްމެންޓް ޖެހުން، 213 މީޓަރ އެއްގަމު ތޮށި ޖެހުން، 213 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 51 މޫރިންގ ރިންގް ހަރުކުރުން، 10 މޫރިންގ ބޮއި ހަރުކުރުން، 90 އަކަ މީޓަރ ރޭންޕެއް ހެދުން، އެކްސެސް ޕްލެޓްފޯމް އެޅުން ހިމެނެއެވެ. އަދި 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 29 މަގު ބައްތި ހަރުކުރުން، 2،481 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ފެރިދޫ ބަނދަރު އަޕްގްރޭޑްކުރަން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުން ނިންމާގޮތަށް، 50 މިލިއަން ރުފިޔާއަށެވެ.

ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގައި 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 290 މީޓަރުގެ ބޭރު ތޮށި ލުން ހިމެނެއެވެ. އަދި މީގެ އިތުރުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 18 މަގު ބައްތި ހަރުކުރުން، 2،087.85 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް، 51.3 މިލިއަން ރުފިޔާއަށެވެ.

ނ. ހޮޅުދޫ ގޮނޑުދޮށް ޙިމާޔަތްކުރުން

ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ރަށުގެ އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރާނެއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ 13 މަސް ދުވަހުން ނިންމާގޮތަށް، 46.7 މިނިލިއަން ރުފިޔާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ