ޕްރައިމަރީ ކާމިޔާބުވެއްޖެ، މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބާ ދޭތެރޭ: ރައީސް ނަޝީދު

ފަހުގެ ސިޔާސީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށާއި މިހާރު ވިސްނުން ހުރީ ރިޔާސީ އިންތިހާބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ވޯޓުލާ މެންބަރުންނާއި އަލަށް ކެމްޕެއިންއާ ގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރެވިފައިވާ ކަމަށާއި އެންމެ ބޮޑަށް ވިސްނަވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ގޮތާ ދޭތެރޭ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ޕްރައިމަރީ އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއޮތީ ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު 9 އަކަށް މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީއްޔާ ކުރިއަށް މިއޮތް ހަފްތާތަކުގައި ވެސް މަސައްކަތްކޮށްގެން ނުވާނެ.”

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ