ރައީސް ޔާމިން މިނިވަންކުރަން ގޮވަލާ ހަނިމާދޫގައި ހަރުކޮށްފައިހުރި ޕޯސްޓަރާއި ބެނާއަށް ގެއްލުންދީފި

ޚަބަރު ފަހުގެ ސިޔާސީ

މި މަހު 18 ވަނަ ދުވަހު ރައީސް އިބްރާބިމް މުހައްމަދު ސޯލިހު ހަނިމާދޫ އަށް ކުރެއްވި ދަތުރާ ދިމާކޮށް ރައީސް ޔާމިނަން ކޮށްފައިވާ ހުކުމުން މިނިވަންކުރުމަށް ގޮވާލާ ދެމި ބެނާއާއި ޕޯސްޓަރުތަކަށް ގެއްލުންދީފިއެވެ.

ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ބެނާތަކުގެ ތެރެއިން ފުރަތަމަ ގެއްލުން ދިނީ ކަސްޓަމްސް ކައިރީގައި ހަރުކޮށްފައިވާ ބެނާއަށެވެ. އެ ބެނާ ހަރުކޮށްފައިހުރި ދަގަނޑު ވެސްވަނީ ބަޅުކޮށްލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ފަހުން ޕީޕީއެމް ހަނިމާދޫ ޖަގަހަ ކައިރީގައި ދަމާފައިވާ ބެނާއެއް ވަނީ އިރާލާފައެވެ. ރޭ ވަނީ ހަނިމާދޫ ބައު ސްކޫލް ކައިރީގައި ހަރުކޮށްފައިވާ ޕޯސްޓަރު އިރާލާފައެވެ.

މިކަމާ ގުޅިގެން، މި ޕޯސްޓަރުތަކަށް ގެއްލުންދީފައިވާ ފޮޓޯއާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އެ ޕާޓީން ހަރުކޮށްފައިވާ ޕޯސްޓަރުގެ ފޮޓޯ ފޭސްބުކްގައި ހިއްސާކުރަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަނިމާދޫ ދާއިރާގެ ރައީސް އިދުރީސް އަބުދުﷲ ލިޔެފައިވަނީ ” ހަޖަމް ކުރުމުގެ މައްސަލަ އެބައުޅޭ ދެއްތޯ؟ މީވެސް ޚިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަން”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ