ރަސްދޫގައި ބީއެމްއެލް އައު ޢިމާރާތް ހުޅުވާ، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްއިން ރަސްދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. ބީ.އެމް.އެލްއިން ބުނީ މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއްކަމަށެވެ.

މިއަދު ޚިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗުގެ އައު އިމާރާތުގައި ޤާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްދޫގައި ޤާއިމުކޮށްފައިވާ ބްރާންޗް އަދި އޭޓީއެމްގެ ޚިދުމަތާއެކު މިވަގުތު އއ. އަތޮޅުގެ 3 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ތޮއްޑޫ، އުކުޅަސް އަދި މަތިވެރިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މިހާރުވެސް ބީއެމްއެލްގައި އެބަތިއްބެވެ. އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ