ބޭސިކް ސީމަންޝިޕް ކޯހުގެ ހަތަރު ވަނަ ބުރު ނިންމާލައިފި

ޚަބަރު ފަހުގެ

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ ބޭސިކް ސީމަންޝިޕް ކޯހުގެ ހަތަރު ވަނަ ބުރު ނިންމާލައިފިއެވެ.

ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ޖަޕާން އެމްބެސެޑަރ ޓަކޫޗީ މިޑޯރީއެވެ. މި ރަސްމިއްޔާތުގައި ހެޑް އޮފް މެރިން ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް، ޔޫ.އެން.އޯ.ޑީ.ސީގެ ހެޑް އޮފް އޮފީސް އެންރިކޯ ބޮނިންގ ސެނާ، މެރިޓައިމް ލޯ އެންފޯސްމަންޓް އިންސްޓްރަކްޓަރ ޕޯލް، ނެޝަނަލް ޕްރޮގްރާމް އޮފިސަރ މުޙައްމަދު އަރުޖުން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްމިއްޔާތުގައި، ހެޑް އޮފް މެރިން ޕޮލިސް އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކޯހެއްގެ މުހިންމު ކަމާއި، މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ ބޭނުން މަސައްކަތުގައި ހެޔޮގުތުގައި ހިފުމަށް އެދިލެއްވިއެވެ.

ޖަނަވަރީ 22 އިންފެބްރުވަރީ 2 އަށް ކުރިއަށް ގެންދިޔަ ބޭސިކް ސީމަންޝިޕް ކޯހުގައި ފަސް ފުލުހުންނާއި ކަސްޓަމްސްގެ ތިން މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

މި ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިންގ، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިންގ މައުލޫގެ ދަށުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ މިކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ޚިދުމަތްތައް (މެރިޓައިމް ޕޮލިސިންގ) ހަރުދަނާކޮށް ގާބިލު ސީމަނުން ބިނާކުރުމަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ