ރައީސް ސޯލިހް މޫނަށް ކުޅު ޖެހި މީހަކަށް ބައިލައްކަ ރުފިޔާ ދޭނަން – މުސްތަފާ

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖެހި މީހަކަށް ބައިލައްކަ ރުފިޔާ ދޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހުގެ މޫނަށް ކުޅުޖެހި މީހަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ “ތިމަރަފުށި” ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުސްތޮފާ ދަނީ މިފަހުން ޓުވިޓާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް އޭނާ ފާޑުކިޔުއްވަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ