އެކި ސަރުކާރުތަކުން ގެންގުޅުނު ތަފާތުކުރުންތައް ނައްތާލާ ހަމަޖެހުން ޤާއިމުކުރެވިއްޖެ: ރައީސް

ޚަބަރު ފަހުގެ

މާޒީގައި އެކި ސަރުކާރުތަކުން ގެންގުޅުނު ތަފާތުކުރުމާއި، އަމިއްލަ އެތައް މަސްލަހަތެއް މިސަރުކާރުން ދޫކޮށް، ހަމަޖެހުން ގާއިމް ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހި އެންމެބޮޑު އިސްކަމެއްދެއްވީ އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް އިސްކަންދީގެން، ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ގާއިމުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުގެ ހަމަޖެހުން ގާއިމުކުރުމުގައި އަޑުއެހުމާއި، މަޝްވަރާކުރުމާއި ދޫދޭންޖެހޭ ހާލަތުގައި ދޫދީގެން ކަންކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިމަގުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކީ މިވޭތުވެދިޔަ ހަތަރު އަހަރަކީ ހުރިހާ ގޮތަކުންވެސް ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ގެނެވުނު ހަތަރު އަހަރުގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ވަކި ރަށެއް ވަކި އަތޮޅެއް އަދި ވަކި ރައްޔިތެއް ތަފާތުކުރުމެއް ނެތި ފާއިތުވި ހަތަހަރު އަހަރު ޚިދުމަތް ދެއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުން. އަދާކުރަން ޖެހޭ ޙައްގުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ޚިދުމަތުގާ، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގާ ގަދަރުވެރި ދިވެހިރައްޔިތެއް.” ރައީސުލްޖުމްހޫރިއްޔާ

މިސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ދިޔައީ ސިޔާސަތުގެ ތަފާތެއްނެތި އަމާޒެއް އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް އުންމީދާއި ކުރިއެރުން ގެނުވާނެ ބަދަލަކީ އޭގެ ސަބަބުން ޒަމާންތަކަކަށް އޭގެ ހެޔޮބަދަލު ކުރުވާނެ ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާޒީގައި އެކި ސަރުކާރުތަކުން ގެންގުޅުނު ތަފާތުކުރުމާއި، އަމިއްލަ އެތައް މަސްލަހަތެއް މިސަރުކާރުން ދޫކޮށްލާފައިވާކަމަށެވެ. އެކަންކަން ސަރުކާރުން ދޫކޮށް ހަމަޖެހުން ގާއިމް ކުރުމަށް ކުރެވުނު މަސައްކަތުން އޭގެ ނަތީޖާ މިއަދު ފެނިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ