މެއި މަހުންފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވާނެ

ޚަބަރު ފަހުގެ

އަންނަ މޭ މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ ޚިދުމަތުގެ މައި ދާއިރާތަކުގެ މުވައްޒަފުންގެ ޚިދުމަތަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ އެމަނިކުފާނުގެ ވަޢުދެއްކަން ފާހަގަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރިއަށް އޮތީ ޞިއްޙީ ދާއިރާގެ މުސާރަ ބޮޑުވުންކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 އިން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެެކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ވަނީ 2.4 ބިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައެވެ. އޭގެތެރެއިން 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އަދި ސިއްޙީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަން ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޞާލިޙް ފުރަތަމަ ހާމަކުރެއްވީ 2022ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. އެއާއެކު ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ދިރާސާކޮށް އިސްލާޙުކުރުމުގެ މަސައްކަތްތަކެއް ސަރުކާރުންވަނީ ކުރައްވާފައެވެ. އަދިވެސް ބައެއް މަސައްކަތްތައް ދަނީ ހިނގަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ